އަމީތާބު އަދި ރަޝްމިކާގެ ގުޑްބާއި ގެ މަސައްކަތް ފަށައިފި

އަމީތާބު އަދި ރަޝްމިކާ
އަމީތާބު އަދި ރަޝްމިކާ
ހޮނިހިރު , 03 އޭޕްރިލް 2021 | 10:52

ބޮލީވުޑް ސުޕަސްޓާ އަމީތާބު ބައްޗަން އަދި ސައުތު އިންޑިއާގެ ބަތަލާ ރަޝްމިކާ މަންޑާނާ ލީޑް ރޯލުން ފެނިގެންދާ "ގުޑްބާއި" ގެ މަސައްކަތް ފަށައިފި އެވެ.

މިފިލްމުގެ މަސައްކަތް އިއްޔެ ފެށިއިރު އަމީތާބު ޝޫޓިންތަކުގައި ބައިވެރިވާނީ މާދަމާ އެވެ. ފިލްމު ޑައިރެކްޓު ކުރަނީ ވިކާސް ބާލް އެވެ. މިއީ ބަލާޖީ ޓެލެފިލްމްސް އަދި ރިލަޔަންސް އެންޓަޓެއިންމެންޓުގެ އުފެއްދުމެކެވެ.

ފިލްމުގެ ޝޫޓިންތައް އިއްޔެ ފެށީ މުމްބާއީގަ އެވެ. މިއީ ދުވަސްތަކަކަށްފަހު ވިކާސް އެކްތާ ކަޕޫރުގެ ޕްރޮޑަކްޝަން ހައުސް ބަލާޖީ ޓެލެފިލްމްސްއާއިއެކު މަސައްކަތް ކުރާ ފިލްމެވެ. މީގެ ކުރިން ވިކާސް ވަނީ އެ ޕްރޮޑަކްޝަން ހައުސްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ލުޓޭރާ" އަދި "އުޑްތާ ޕަންޖާބް" ގައި މަސައްކަތް ކޮށްފަ އެވެ.

"ގުޑްބާއި" އަކީ ފެމިލީ ޑްރާމާ އެކެވެ. ފިލްމު ސިނަމާތަކުގައި އަޅުވާނެ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.