ބޮލީވުޑް ތަރި ސަނީ ލިއޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އޭނާގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވަމުން އެބަ ދެ އެވެ.
48.1 މިލިއަން ފޮލޯވާޒް އިންސްޓަގްރާމުގައި އޮންނަ ސަނީ ޗުއްޓީ ހޭދަމުރަމުން ދަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގަ އެވެ. ސަނީއާއި އެކު އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ އަދި ތިން ކުދިން ކަމުގައިވާ ނިޝާ، ނޯއާ އަދި އަޝާވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
އޮޅުވެލި ރިސޯޓުގެ ރީތި ގޮނޑުދޮށްތަކާއި، ގަސްތަކުގެ އިތުރުން ހިތްގައިމު ބީޗް ވިލާތައް ފެންނަ އެތައް ފޮޓޯއެއް ސަނީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓުކޮށްފަ އެވެ. މި ފޮޓޯތައް މިހާރު ދަނީ ދުނިޔޭގެ އެކި މީޑިއާތަކުގައިވެސް ދައުރުވަމުންނެވެ.
ސަނީ ސިފަކުރާ ގޮތުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. އަދި ދިރިހުރުން ފާހަގަކޮށް މަޖާކޮށްލުމަށް ރާއްޖެއަކީ އެއްވަނަ މަންޒިލްގެ ގޮތުގައި ސަނީ ސިފަކުރެ އެވެ.
ސަނީ ރާއްޖެ އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ މިހާރު އޯޓީޓީ ޕްލެޓްފޯމުގައި ސްޓްރީމް ކުރަމުންދާ ބިގްބޮސްގެ އެޕިސޯޑަކުން ފެނިގެން ގޮސްފަ އެވެ. ސަނީ އަކީ މި ޝޯގެ ފަސްވަނަ ސީޒަންގެ ކޮންޓެސްޓެކެވެ.
މިދުވަސްވަރު ސަނީ ހޮސްޓުކުރަމުންދާ ޓީވީ ޝޯ ސްޕްލިޓްވިލާ 13 ދަނީ ދައްކަމުންނެވެ. މިޓީވީ ޝޯ ދައްކަމުންދަނީ އެމްޓީވީންނެވެ.