ރަމަޟާން މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައި ވާތީ އެދުވަސްތަކުގައި ކޮންމެހެން ނުކުންނަން ޖެހޭ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ސަރކިއުލާގައި ބުނެފައިވަނީ ޚާއްސަ އިނާޔަތް ދޭން ނިންމެވީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަށް ދިނުމުގައި އެ އިދާރާއެއް ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކުން މަސައްކަތަށް ކޮންމެހެން ނުކުންނަން ޖެހޭނެ ކަމަށް ކަނޑައަޅާ ފަރާތްތަށް އެކަނި ކަމަށެވެ.
އެގޮތުން ފަހު ދިހައިގައި ކޮންމެހެން ވަޒީފާއަށް ނިކުންނަން ޖެހޭ މުއައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުންގެންދާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދެމުން ގެންދާނެ ކަމަށް އެ ސަރކިއުލާގައި ވެ އެވެ. މިގޮތުން ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަންޖެހޭ މުއައްޒަފުންނަށް ކަމަށް ބުނެފައި ވެ އެވެ.
އެ ސަރކިއުލާގައި ބުނެފައިވާގޮތުން ފަހު ދިހައިގެ އިނާޔަތް ދޭނީ އެޕްރީލް މަހުގެ މުސާރައާއިއެކުއެވެ. އަދި އިދާރާތަކުން ނެރޭ މުއައްޒަފުން އެނގޭނެ ގޮތަށް ފިނޭންސަށް އެންގުމަށްވެސް އެމިނިސްޓްރީގެ ސަރކިއުލާގައިވެ އެވެ.