މިހާރު ކުރިއަށްދާ ޔޯރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދަންވަރު ބާރަ ޖަހާއިރު ދުނިޔޭގެ ދެބާރު ކަމަށްވާ ޕޯޗްގަލް އަދި ފްރާންސް ބައްދަލުކުރާނެއެވެ. ރާއްޖޭގައިވެސް މި ދެޓީމަށް ސަޕޯޓްކުރާ ގިނަ ބަޔަކު އުޅޭ އިރު މިރޭ މެޗަކީ ފޯރިގަދަ އަދި ދެޓީމަށްވެސް މުހިންމު މެޗަކަށް ވެގެންދާނެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާރު ކުރިއަށްދަނީ ގުރޫޕު ސްޓޭޖްގެ ފަހު މެޗްތަކަށްވާއިރު ޕޯޗްގަލްއަކީ އެންމެ ފަހުގެ ޔޯރޯ ޗެމްޕިއަންއެވެ. މިމެޗުން އެއްވަރު ވިއަސް ޕޯޗްގަލް ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. އަދި ކުޅުނު އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ފްރާންސް މިހާރުވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެހެންކަމުން ރޮނާލްޑޯގެ ސަޕޯޓަރުންވެސް ތިބޭނީ މިރޭގެ މެޗަށް ނޭވާ ހިފަހައްޓާލައިގެންނެވެ.
ގްރޫޕް އެފްގެ ފޯރިގަދަ ދެ މެޗު މިރޭ ކުޅޭ އިރު ބާރަ ޖަހާއިރު ކުޅޭ ދެވަނަ މެޗްގައި ބައްދަލު ކުރާ ޖަރުމަނާއި ހަންގޭރީއެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު މި ދެ ޓީމަށްވެސް އެބައޮތެވެ. މި ގުރޫޕުގެ މިހާތަނަށް ކުޅުނު މެޗްގެ ނަތީޖާތަކަށް ބަލާއިރު ތިން ޕޮއިންޓާއެކު ޖަރުމަނު ދެވަނައިގަ އޮތް އިރު އެއްނެމ ޕޮއިންޓަކާއެކު ހަންގޭރީ އޮތީ ގުރޫޕުގެ އެންމެ ފަހަތުގައެވެ. މީވެސް ފޯރިގަދަ މެޗަކަށް ވެގެންދާނެ މެޗެކެވެ. ސަބަބަކީ ކޮންމެ ޓީމެއްވެސް ކުޅޭނީ މޮޅުވާން ކަމަށްވާތީއެވެ.