ކުރިއަށް އޮތް ރޯދަ މަހަށް ވެސް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރޯދަ ސޭލް“ މިއަދު ފަށައިފި އެވެ.
"ރޯދަ ސޭލް" ފައްޓަވައި ދެއްވީ އެސްޓީއޯގެ ޑިރެކްޓަ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އާއި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.
ބޮޑެތި ޑިސްކައުންޓްތަކަކާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ވެސް ކަސްޓަމަރުންނަށް ލިބޭނެ ފައެވެ. އެގޮތުން ނިޕޯން ޕެއިންޓުން 20 ޕަސެންޓު އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ މި އަހަރުގެ އެންމެ ހާއްސަ ކަމަކީ އެސްޓީއޯއާ އެކެ ވެލިގާ ހާޑްވެއާ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމެވެ. އެގޮތުން މި އަހަރު ބޮޑު އިނާމުގެ ގޮތުގައި، 50،000ރ. ގެ އަގުހުރި މުދާ ނަސީބުވެރިއަކަށް ލިބިގެން ދާނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓްތަކުގަ އެވެ.
އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި ވެސް ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.