އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ފަށައިފި
ކުރިއަށް އޮތް ރޯދަ މަހަށް ވެސް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރޯދަ ސޭލް“ މިއަދު ފަށައިފި އެވެ. "ރޯދަ ސޭލް" ފައްޓަވައި ދެއްވީ އެސްޓީއޯގެ ޑިރެކްޓަ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އާއި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. ބޮޑެތި ޑިސްކައުންޓްތަކަކާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ…