މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ، މިއަދު އާ ވައުދުތަކެއް ވެވަޑައިގެންނެވުން އެއީ ބޮޑު އިހުމާލެއް އަދި ކުރެއްވި ޖެއްސުމެއް ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން ޝާހިދު ވިދާޅުވީ މިއަދު އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށެވެ.
މިއަދު އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއް ބަންދުކޮ، އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން.ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.