ކުރިން ވީ ވަޢުދުތައް ނުފުއްދައި އާ ވަޢުދު ވުމަކީ ކުރި ބޮޑު ޖެއްސުމެއް: ޝާހިދު
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ، މިއަދު އާ ވައުދުތަކެއް ވެވަޑައިގެންނެވުން އެއީ ބޮޑު އިހުމާލެއް އަދި ކުރެއްވި ޖެއްސުމެއް ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން ޝާހިދު ވިދާޅުވީ މިއަދު އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ…