ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީ.ސީ.އެމް.ޖީ، އޯ.ބީ.އީ) އާއި ގްރެނާޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑިކޮން މިޗެލް، އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް ޑރ. މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައިވަނީ ، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވައިފައެވެ.
ގްރެނާޑާގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
+1
+1
+1
+1
+1
+1