ފަލަސްތީނުގެ ރައްޔިތުން ގާޒާގެ ބިމުން ނެރުމަށް ކުރެވެމުންދާ މަސައްކަތް ރާއްޖެއިން ހަރުކަށި އިބާރަތުން ކުށްވެރިކޮށްފި
ދިވެހި ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި، ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނެރުމަށް ގެންގުޅޭ ވިސްނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު، ގާޒާގެ ބިން އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަނުން ފަލަސްތީނުގެ ރައްޔިތުން ނެރުމުގެ ޕްލޭނެއް ހުށަހެޅުއްވި އެވެ. މި ހުށަހެޅުމާ ގުޅިގެން އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ، ގާޒާ ދޫކޮށް ދާން ބޭނުންވާ އާންމުންނަށް އެކަމުގެ ފުރުސަތު ހޯދައިދިނުމަށް އެ ގައުމުގެ…