މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަންގައިފައިވާ ގޮތަށް، އެ މައުލޫމާތު ހާމަކުރަން ސަރުކާރުން ނިންމައިފި އެވެ.
ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ ހުރިހާ މުވައްޒަފުންގެ އެޑްރެސް ފިޔަވައި ނަމާއި، ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ތަފްސީލު ހިމެނޭ މައުލޫމާތުތައް އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމުން ރައީސް އޮފީހުން އިސްތިއުނާފްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަހު ނޫން ޖެހިގެން އަދި ދުވަހު މައްސަލަަ އަނބުރާ ނަގަން ހުށަހެޅި ކަމަށެވެ.
"މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ," އުޝާމް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.