ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ މެދުމިންގަނޑަކަށް ވައި ނުސާފުވެއްޖެ ނަމަ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށް ނިކުމެ އުޅުމުން ދުރުހެލިވުމަށާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. މި ހާލަތްތަކުން…