ޗެނަލް 13 އިން ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.
ބްރޮޑްކޮމްގެ ސެކެރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކޮށް ޗެނަލް13 އަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ މިދިޔަ މަހު ޗެނަލް13ގެ "އިރާދަން" ޚަބަރުގައި ގެނެސްދިން ރިޕޯޓުގެ މައްސަލަ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގައި ގެނެސްދީފައިވަނީ މި ސަރުކާރަށް ފާޑުކިޔައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އެ މައްސަލަ ބަލައި ނިންމާ ވަކި ގޮތެއް ކޮމިޝަނުން އަންގަންދެން ކޮންޓެންޓު ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.
ބްރޯޑްކޮމް އިން އަންނަނީ ސަރުކާރަށް ފާޑުކިޔައި ރާއްޖެޓީވީން ގެނެސްދިން ލަވައެއްގެ މައްސަލައެއް ވެސް ބަލަމުންނެވެ.
+1
+1
+1
+1
+1
+1