ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ، އަދި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައިފިއެވެ.
ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ އަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސެއިންޓް ލޫސިއާ، މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.
+1
+1
+1
+1
+1
+1