ތިން ފަރާތަކާ އެކު ފުލުހުންގެ އެއްބަސްވުންތަކެއް
ފުލުހުން މި އަހަރަށް ހާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް” ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ތިން ފަރާތަކާ ދެމެދު އެެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. އެގޮތުން ޕްރޮގްރާމްތަކުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެ އެމްޕީއެލް) އަދި ޕްރޮކްސީ އެވެ. މީގެ އިތުރުން މީޑިއާ ޕާޓްނަރަކީ އެސްއެސް ޓީވީ އެވެ. ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރުއަލީ ޝުޖާއު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު މުއނެވެ. ޕްރޮކްސީގެ…