ނަފްރަތު ނައްތާލަން ބޭނުން ނަމަ އަދުލުވެރިވާން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނާ ގުޅިގެން ނަފްރަތު އުފެދޭ އެންމެ އަސްލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ. އަދި އެއިން ކަމެއްގައި އެއްވެސް ފިޔަވަޅެއް ނެޅޭ ކަމަށާއި އެހެންނަމަވެސް ދީނީ އިލްމްވެރިއަކު އޭނާއަށް ފެންނަ ރައުޔެއް ބުނީމަ ބިރު ދައްކައި ކަންކަން ކުރަމުން އަންނަ ކަމަށެވެ.
މެމްބަރު ހިސާން ހުށަހަޅުއްވާފައިވާ ބިލާއި ގުޅޭގޮތުން ގިނަ ބައެއްގެ ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ. އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ބިލްގައި ލިޔެފައިވާތީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހުންނަށް ބޭނުން ގޮތަކަށް އުޅެން ފަހިވެގެން ދާނެ ފުރުސަތެއް ކަމަށް ބުނެ ގިނަ އާއްމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.