މާލޭގެ 4 ތަނެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފުވި 6 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން އިއްޔެ މާލޭގައި ރެއިޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކުރެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މި ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭވެސް އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް މާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައިފާސްކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފައެވެ.