ދަރިވަރުންނަށް ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރުދެއްވައިފިއެވެ. ނައިބު ރައީސް މިފަދައިން ހިތްވަރުދެއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މި ފެށުނު އަހަރަކީވެސް ދަރިވަރުންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ނައިބު ރައީސް މެސެޖްގައި މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި…