މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއެކު އެ ރޭ އުޅުނު ހުރިހާ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
އަށް މީހަކު މި މީހުންނާ އެކު އެހާދިސާ ހިނގި ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެންނަ ކަމަށާއި އެ އެންމެން ދެނެގަނެ މިހާރު ވަނީ ބަޔާން ނަގާފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ.
އެރޭ ޔުމްނު އާއެކު އުޅުނު މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ޒުވާނާ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްތަން ފެނުނުއިރު، އޭނާގެ ހާލަތު ވަރަށް ބޮޑަށް ދެރަވެފައިވުމާއެކު، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭންޖެހުނެވެ. އެހެންނަމަވެސް، މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާކަން އެނގިފައިވެއެވެ.