ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މުޒާހަރާ ކޮށްފި
ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދޭން ގޮވާލާ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގައި ގިނަ ޒުވާނުންތަކެއް މުޒާހަރާ ކޮށްފި އެވެ. މިރޭ ބޭއްވި އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހިރު…