މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނު ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލު 21، ހައްޔަރު ކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
ރައުދުގެ ވާހަކަތަކުގައި ފުށުއެރުންތައް ހުރުމުން އޭނާ ހައްޔަރުކުރުމުގެ އަމުރު މިހާރު ލިބިފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ. އަދި އޭނާގެ ފޯނާއި ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މިކުރި މަސައްކަތުން ފާހަގަކުރެވެނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރޮބޮރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމަރަކަށް އަޅުގަނޑުމެން ވާނީ އެދިފައި"ނަވީން ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި ރައުދުގެ ފޯނާއި އެމައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.