މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ގައުމީ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ މުހައްމަދު ޝަރީފެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތެރެއިން، މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންނަށް ލޯނު ލިބޭނޭ ގޮތް ހަމަޖހިގެން ދިޔައީ ކަމަށެވެ.
އެގޮތުން މަސްވެރިންގެ ގައުމީ ދަފުތަރުގައި ހިމެނޭ މަސްވެރިންނަށް އަންނަ މަހުގެ 1 އިން ފެށިގެން ބީއެމްއެލްގެ ފައިނޭންސިން ފެސިލީޓީތަކަށް އެޕްލައި ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބީއެމްއެލުން ބުނީ އެއްބަސްވުމުގެ ސަބަބުން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ހޯމް ލޯން ފަދަ ތަފާތު ކްރެޑިޓް ފެސިލިޓީތައް ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ފައިނޭންސިން އަށް ފައިސާ ދެއްކުމުގެ ޝެޑިއުލްތައް ތަރުތީބު ކުރާނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު އާމްދަނީ އަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ހިމަނައިގެން ކަމަށް ވެސް ބޭންކުން ބުންޏެވެ.