ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ޕުޓްރާ ޕެރްޑާނާ ކޮމްޕްލެކްސްގައި އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމެވެ. ރައީސް ޑރ. މުއިއްޒު ހޯލަށް ވަޑައިގަތުމާ އެކު، ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އަދި އެމަނިކުފާނު ވަނީ ގާޑް އޮފް…