ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ބުނީ ކުރިމަތިލުމުގެ ސުންގަޑި ހަމަވާނި އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ކަމަށެވެ.
ޖޭއެސްސީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކަކީ އުމުރުން 30 އަހަރު ވެފައިވުމާއި
އިސްލާ މްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ނުވަތަ ސިޔާސީ ޕާޓީއެެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުމެވެ.
ޖޭއެސްސީ އެކުލެވެނީ 10 މެންބަރުންގެ މައްޗަށެވެ. އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުލްސޫމެވެ.