އިގްތިޞާދާއި އެހެނިހެން މުހިއްމު ދާއިރާތަކުން ގުޅުންބަދަހިކުރަން ޑެންމާކާއެކު މަޝްވަރާކޮށްފި
އިގްތިޞާދީ ދާއިރާ އާއި އެހެނިހެން މުހިއްމު ދާއިރާތަކުން ގުޅުންބަދަހިކުރަން ޑެންމާކާއެކު މަޝްވަރާކޮށްފިއެވެ. ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، މިއަދު ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައެވެ. ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.…