އިގްތިޞާދީ ދާއިރާ އާއި އެހެނިހެން މުހިއްމު ދާއިރާތަކުން ގުޅުންބަދަހިކުރަން ޑެންމާކާއެކު މަޝްވަރާކޮށްފިއެވެ.
ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، މިއަދު ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން އިގްތިޞާދީ ގުޅުންތައް ބަދަހިކުރުމާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅޭ މަސައްކަތްތަކާއި، އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
މިބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޑެންމާކު ސަރުކާރުން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޑެންމާކާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.
+1
+1
+1
+1
+1
+1