އަންހެނުން ވިޔަފާވެރިންނަށް ހާއްސަ ލޯން ސްކީމް "ފަށާ މަދަދު" ގެ ދެވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިލީ އަންނަ އޮގަސްޓްގެ 31 އާ ހަމައަށް ކަމަށެވެ.
މި ލޯން ސްކީމަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ހާއްސަކޮށްފައިވެއެވެ. އަދި ލޯން ސްކީމްގެ 25 ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
"ފަށާ މަދަދު" ލޯނުގެ ދަށުން އަހަރަކު 6 ޕަސެންޓް އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000-500،000ރ. ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދޭނެ އެވެ. ލޯނަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެ ވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އެވެ.
"ފަށާ މަދަދު" ލޯން ސްކީމްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރު 60 މީހަކަށް ލޯނު ދީފައިވެ އެވެ.