ޖެމްކިޔު ސްކީމަކީ ހީލަތެއް، ސްކީމުގައި މީހުން ބައިވެރިކުރާ ބަޔަކަށް ފިޔަވަޅު އަޅާނަން: ފުލުހުން
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓަށް ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓުކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ބުނެފި އެވެ. ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ…