އެމްޑީޕީގެ ގައުމީ މަޖިލިސްގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ މިރޭ އެޖެންޑާ ކޮށްފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ ގޮތުން ކަމަށެވެ.
އެންމެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް "ނުރަސްމީކޮށް" ބޭއްވީ މިދިޔަ މަހުގެ ވަނަ ދުވަހުގެރެ އެވެ.
އެއީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ޕާޓިއާ ގުޅެން ނިންމުމާ ގުޅިގެންނެން މެމްބަރުން ދެކޭ ގޮތް ބެލުމަށްޓަކަ އެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 21، 2023 ގައެވެ. ދެ އަހަރަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި އަރިސް ބޭފުޅުންގެ ހިޔާލަށް އެދިވަޑައިގެންފައެވެ.
+1
+1
+1
+1
+1
+1