މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިގޮތުން ކަރަންޓު ކެނޑިފައިވަނީ މަޖީދީމަގާއި ކަރަންކާމަގު ހިމެނޭ ސަރަހައްދުންނެވެ. ސްޓެލްކޯއިން ބުނީ އެ ސަރަހައްދުގައި އަޅާފައިވާ އެ ކުންފުނީގެ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށެވެ.
ސްޓެލްކޯއިން ދަނީ އެ މައްސަލަ ހައްލުކުރުމަށް އައު ކޭބަލެއް ގުޅުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. އަދި، ގަޑިއެއްހާ އިރުތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.
+1
+1
+1
+1
+1
+1