އެކްސިޑެންޓުގައި ނިޔާވީ ތޭރަވާ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅު
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު ކަން އެނގިއްޖެ އެވެ. ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި އެވެ. މިރޭ 8:10 ހާއިރު ހިނގި އެ އެކްސިޑެންޓު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ…