މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ.
މިގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު، 6 މިނެޓް ވަންދެން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މާދަމާއަކީ ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާ ދުވަސް ކަމަށްވާއިރު، މާދަމާއަކީ ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަސް ވެސް މެއެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތަށް އިންޑިއާގެ ބޮޑުވަޒީރުވެސް ރާއްޖެ ވަޑައިގެންފައިވާއިރު، މި މުނާސަބަތާ ގުޅިގެން ސްރީލަންކާގެ ރައީސްގެ ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.