ހުޅުލޭގެ އުތުރު ނެރު ވަގުތީ ގޮތުން ބަންދުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ހުޅުލޭގެ އުތުރު ނެރު ވަގުތީގޮތުން ބަންދުކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މިއަދު ހެނދުނު 5:30 އިން ފެށިގެން މިރޭ 7:00 އަށް، ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމަށް ބޭނުންކުރާ އުތުރު ނެރު ބަންދުކުރެވޭނެ ކަމަށެވެ. އެ ވަގުތުތަކުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު އަދި ފަޅުން ނުކުތުމަށް މެދުގައިވާ ނެރު…