ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީނިޒާމު ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު ކަމަށާއި ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް ކަން ވަރަށްސާފު ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ އާސްކް ސްޕީކަރ ޝޯގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވާ ކަމަށާއި ބޮޑުވަޒީރަކަށްވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.