ތިނަދޫ ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:50 ގައި ކަމަށެވެ.
އަދި މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
+1
+1
+1
+1
+1
+1