ފެނަކަ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަންކުރައްވައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަންކުރައްވައިފިއެވެ. ޖިހާދު އެ މަގާމަށް އައްޔަނު ކުރުމުން އެކަމަށް މަރުހަބާ ކިޔައި ފެނަކައިން ވަނީ މީސް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. ޖިހާދު މީގެކުރިން ހުންނެވީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ މަގާމުގައެވެ.