އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މުޒާހަރާއިން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ.
+1
1
+1
+1
+1
+1
+1