ރޭގެ އެއްވުމުގައި 3 ފުލުހަކަށް އަނިޔާވި: ފުލުހުން
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި "ލޫޓުވައިފި" އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދިން ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ. މީގެތެރެއިން އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައި މަތިން މުޒާހަރާގެ ބައެއް ބައިވެރިން ފުލުސް މީހާގެ ގައިމަތިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.…