ހޮސްޕިޓަލަށް ދެއްކި އިރުވެސް ވަނީ ބަނޑަށް ނިޔާވެފައި ކަމަށާއި ބޯ ވަކިވީ ވިއްސުމުގެ ތެރޭގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހެން ދިމާވެފައިވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ ކަމަށެވެ. ބަލިމީޙުންގެ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން މިމައްސަލައާ ބެހޭ މައުލޫމާތު މި ބަޔާނުގައި ހިމަނާފައިވާ މިންވަރަށް ފިޔަވައި އިތުރަށް ހާމަނުކުރުމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގައި ވަނީ އެދިފައި ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިވާހަކަތައް ނޫސްތަކާއި ޝޯސަލް މީޑިއާގައި ނުދެއްކުމަކީ އާއިލާގެ އެދުމެއް ކަމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ބައްދަލުކޮށް ބުނެފައިވާ ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.