ދިވެހި މީޑިއާތަކުން އިއްޔެ ފެށި މި ޓެލެތޯން މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މި ޓެލެތޯނަށް ޓީވީ ބިލްޑިންގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ފަންޑުފޮށި ބަހައްޓާފަ އެވެ.
މި ޓެލެތޯންގައި ބައިވެރިވެ، ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މި ޓެލެތޯނަށް މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.
ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއްވެސް ވަނީ ހަދާފަ އެވެ.
MVR account details
Account number :7730000796107
Account name: Ceylon Aaeku Dhiveheen
USD account details
Account number: 7730000796106
Account name: Ceylon Aaeku Dhiveheen








