އޭދަފުށީ މުހައްމަދު އަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ބ. އޭދަފުއްޓަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭދަފުއްޓަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މުހައްމަދު އަލީއަކީ އޭދަފުށީގެ ތަރައްގީއަށް އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި އިޖްތިމާއީ…








