ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީކުރުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން, މުޙައްމަދު އަމީން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީކުރުމުގެ ޚިދުމަތް މިވަގުތު ހުއްޓާލާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ޚިދުމަތް މެދުކަނޑާލާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އިޞްލާޙުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީކަމަށެވެ.
+1
+1
+1
+1
+1
+1








