ޕީޕީއެމުން އިސްލާމްދީން ކޮމްޕްރޮމައިސްއެއް ނުކުރާނެ ކަމަށާއި މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމްއިން
ގަބޫލުނުކުރާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބު ރައީސް ގައްސާން ވިދާޅުވީ، އެޕާޓީގެ ފިކުރަކީ ރައްޔިތުން ވަރަށް ބަލައިގަންނަ ފިކުރެއް ކަމަށާއި ޕީޕީއެމް އަކީ ވަކީ އުސޫލުތަކެއްގައި ސާބިތުވެ އޮތް ޕާޓީއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އާއި މިއަދު ވަނީ ރާއްޖެ ސަލާމަތް ކުރުމަށް އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވެފައިވާކަމަށެވެ. ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ބޮޑު ނެޓުވޯކެއް އުފެދި ހަނގުރާމަ މަތީ ޖަމާއަތެއް އުފެދިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ސަލާމަތީ ބާރުތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިވާހަކަތަކާއި ގުޅިގެން އެކަމާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިހާރުން މިހާރަށް ކުރުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވި އެވެ.