އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ މިނިނެމެވުން އިއުލާންކުރެއްވީ މިއަދު ހަވީރު ބޭއްވި "ބޮޑު ބަދަލު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އުޅޭ ކަން އިއުލާން ކުރެއްވި އިރު ވަނީ އެމްޑީޕީން ގެންނަން ބޭނުންވާ ބޮޑު ބަދަލާއެކު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރިމަތިލެއްވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ އެންމެ އިސް ހިންގުންތެރިޔާގެ މަގާމަށް ކުރިމަތިލައްވައި، ޕާޓީގެ މަސައްކަތްތައް އަލުން އިންތިޒާމުކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ކުރީގެ ޗެއާޕާސަން ފައްޔާޒާއެކު ރައީސް ނަޝީދު މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވުމަކީ، ޕާޓީގެ އެތެރޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.







