ސިފައިންގެ ދުވަހުގެ ހިނގާލުން މޭ 2 ވަނަ ދުވަހުގެ ހަވީރު ބާއްވަނީ
މި އަހަރުގެ ސިފައިންގެ ދުވަހުގެ ހިނގާލުން އަންނަ މޭ މަހުގެ 2 ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރު ވެސް ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެ މުއައްސަސާއިން ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލު 21 ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުން ކަމަށާއި،…






