އިތުރު ހަތަރުހާސް މީހުން ކޮވިޑް19 ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭގެ ނިޔަލަށް 246،841 މީހުން ވަނީ މުޅި ރާއްޖެއިން ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އިއްޔެ އެކަނިވެސް ވަނީ 4،471 މީހުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1727 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 2744 މީހުންނެވެ.
އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 334 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 230 މީހުންނާއި އަތޮޅު ތެރެއިން 104 މީހުންނެވެ.
މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 319،712 އަށް އަރާފައެވެ
+1
+1
+1
+1
+1
+1