މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ހުވާކުރައްވައިފި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ވެސް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން މިއަދު އޮތެވެ. މީގެ ތެރޭގައި ރަށްރަށުގެ ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން އަދި ސިޓީ ކައުންސިލަރުން ހިމެނެއެވެ.
އާ ކައުންސިލަރުން މަގާމާ ހަވާލުވެ ހުވާކުރަނީ ކުރީގެ ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހުއެވެ.
ކައުންސިލަރުން ހުވާކުރެއްވުމަށްފަހު، ރަށުގެ އިދާރީ އަދި ތަރައްގީގެ މަސައްކަތްތައް ރަސްމީކޮށް ފައްޓަވައި، ކައުންސިލްގެ ފުރަތަމަ ޖަލްސާ ބާއްވަވައެވެ.
މާލޭގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ.
މާލޭ ސީޓީ ކައުންސިލްގެ އަލަށް އިންތިޚާބުވި ކައުންސިލަރުން:
- އަހުމަދު ގާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ
- އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ
- ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ
- ފާތިމަތު ސަހުލާ (އެމްޑީޕީ) - ހެންވޭރު ހުޅަނގު ދާއިރާ
- މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ
- އައިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު
- ފާތިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ
- އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ
- އިބްރާހިމް ހަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ
- ހައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ
- ހަދީޖާ މުހައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ
- ފަރުހާން ޝަފީއު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ
- މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ
- އައިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ
- އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ
- ހުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ
- އިބްރާހިމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ








