ރައީސް މުއިއްޒު ”ހަމަ މަގަށް އަޅުވަން“ ތިން ރައީސުން ކޮމެޓީއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”ހަމަ މަގަށް އަޅުވަން“ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގުޅިގެން ހާއްސަ ކޮމެޓީއެއް އުފައްދަވައިފިއެވެ. ކޮންމެ ރައީސަކު ވެސް ވަނީ އެރައީސެއްގެ ފަރާތްޕުޅުން ކޮމެޓީގައި ތިއްބަވާނެ ދެބޭފުޅުން ނަންގަވާފަ އެވެ.އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިއްބަވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.…






