ކ ރަސްފަރި ފަރަށް އާގު ބޯޓެއް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކ ރަސްފަރިގެ ހުޅަނގު ފަރާތު ފަރަށް އާގު ބޯޓެއް އަރައިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާރޑް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖުން ވެސް ބުނީ މި ބޯޓު ފަރަށް އަރާފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޓީމެއް އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ހަރަކާތްތެރިވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ.
+1
+1
+1
+1
+1
+1