މާލެ ސަރަހައްދުގެ ވެކްސިން ދޭ ސެންޓަރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަޖައްސާފައިވަނީ ސެނަހިޔާ އަދި ޓުރީޓޮޕް ހޮސްޕިޓަލުންނެވެ. ސެނެހިޔާ އިން ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8ކުން 10 އަކަށެވެ. ޓުރީޓޮޕް ހޮސްޕިޓަލުން ހެނދުނު 9ން 11 އަށެވެ. މި ދެ ސެންޓަރުން ދުވާލަކަށް ދޫ ކުރުމަށް ހަމަޖެހިފައިވަނީ 200 ޓޯކަން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން އެސްޓްރެޒެންކާ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ދިނުމަށް ހުޅުވާލައިފަވަނީ އުމުރުން 18 އަހަރުން މަތީގެ ވެކްސިން ނުޖަހާ މީހުނަށެވެ. އަދި ދެވަނަ ޑޯޒް ޖަހައިދެނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާ ވެފައިވާ މީހުންނަށެވެ.
އެސްޓްރެޒެންކާ ވެކްސިން ޖަހައިދެނީ ސޯޝަލް ސެންޓަރުން ހެނދުނު 9 ން މެންދުރު 12 އަށް އަދި މެންދުރު ފަހު އެކަކުން ހަވީރު ތިނަކަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 9ން މެންދުރު 12 އަށެވެ. ވިލިމާލެ ޔޫތު ސެންޓަރުން ހެނދުނު 9ން މެންދުރު ބާރަ އަށެވެ. އަދި ދަމަނަވެށިން މެންދުރުފަހު ދެއަކުންހަވީރު ހަތަރަކަށެވެ.
އަދި ފައިޒަރ ވެކްސިން ޖަހައިދެނީ އާރޓް ގެލަރީ ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ޔޫތު ސެންޓަރުންނެވެ.